ބޭނުންވާ ތަކެތި

4 ފޮތި ޕާން

1 ފިޔާ (ކުޑަ)

1 ޓޮމާޓޯ (ކުޑަ)

1 ކެޕްސިކަމް (ކުޑަ)

2 މޭޒުމަތީ ސަމުސާ ޕިއްޒާ ސޯސް

½ މޭޒުމަތީސަމުސާ މުގުރިމިރިސް (ޗިލީފްލެކްސް)

½ މޭޒުމަތީސަމުސާ އޮރިގާނާ

4 ބިސް

1 ޖޯޑު މޮޒެރައްލާ ޗީޒް

ކުޑަ ލޮނުކޮޅެއް

1 ސައިސަމުސާ މުގުރި އަސޭމިރުސް

ތައްޔާރުކުރާނެ ގޮތް

އެންމެފުރަތަމަ 4 ބިސް ބޯތައްޓަކަށް އަޅައި ލޮނާއި އަސޭމިރުސް އަޅައިގެން ގިރާލާށެވެ. ދެން ތަވަޔަކަށް ކުޑަ ތެޔޮފޮދެއް އެޅުމަށްފަހު ގިރި ބިސް އަޅާށެވެ. އުނދުން ބަހައްޓާނީ ވަރަށް ބޮޑަށް ގިނިމަޑުކޮށްފައެވެ. އެއަށްފަހު ތަވާގައި ޕާންފޮތިތައް އަތުރާށެވެ. ޕާން ފޮތިތައް އެތުރުމަށްފަހު ދޭފަތަކުން އޮބާލަންވާނެއެވެ. 2 މިނެޓެއްހާއިރު ފިހެލުމަށްފަހު ފުށުން ޖަހާށެވެ. ޕާން ފޮތިތައް ދަށަށްވާނޭ ގޮތަށެވެ. ދެން ޕިސްގަނޑުމަތީ ޕިއްޒާ ސޯސް އުނގުޅާށެވެ. އޭގެ މައްޗަށް މޮޒެރެއްލާ ޗީޒް އަޅާށެވެ. އޭގެ މައްޗަށް ފިޔައާއި ޓޮމާޓޯ ކެޕްސިކަމް ކޮށާފައި އަޅާށެވެ. އެއަށްފަހު އަނެއްކާވެސް މޮޒެރެއްލާ ޗީޒް އަޅާށެވެ. ދެން ޗިލީ ފްލެކްސް އާއި އޮރިގާނާ އަޅާށެވެ. އެއަށްފަހު ތަވާގައި މަތީޖަހައިގެން ޗީޒްތައް ދިޔާވަންދެން ފިހެލާށެވެ. އުނދުނުގެ ގިނިމަޑުކޮށް ބަހައްޓައިގެނެވެ. ޗީޒްތައް ދިޔާވުމުން ބްރެޑް އޮލެޓް ޕިއްޒާ ފިހެވުނީއެވެ.