ބޭނުންވާ ތަކެތި

70 ގުރާމް ބަޓަރ

1 2/1 ޖޯޑް ފުށް

1 4/1 ޖޯޑް ހަކުރު

2 ލުނބޯގެ ހުތް

1 ސައި ސަމުސާ ބޭކިން ޕައުޑަރ

ކުޑަ ލޮނުކޮޅެއް

3 ބިސް

1 ޖޯޑު ވިޕް ކްރީމް

2 ސަމުސާ އައިސިން ޝުގަރ

ތައްޔާރުކުރާނެ ގޮތް

ހަކުރާއި ބަޓަރ ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ލުނބޯ ހުތާއި ބިސް އެއްކުރާށެވެ. ދެން އެސެންސާއި ބޭނުންނަމަ ކުޑަ ރީނދޫ ކުލަ ކޮޅެއްވެސް އަޅާލާށެވެ. އެއަށްފަހު ލޮނުކޮޅާއި، ފުށާއި ބޭކިންޕައުޑަރ އަޅާ އެއްކޮށްލާށެވެ. ދެން ކޭކު ފިހާ ޓްރޭއެއްގަ ތެޔޮ އުގުޅާފައި ނޫނީ ބޭކިން ޕޭޕަރ އަޅާފައި އެއަށް ގިރި ކޭކްގެ ފުށްގަނޑު އަޅާލާފައި އަވަންގައި ފިހެލާށެވެ. ފިހެލާށެވެ. ދެން ވިޕް ކްރީމް ރަނގަޅަށް ވިޕް ކުރުމަށްފަހު އައިސިން ޝުގަރ އަޅާ އެއްކުރާށެވެ. އެއަށްފަހު ލުނބޯ ހުތް އަޅައި ވިޕް ކްރީމާ އެއްކޮށްލާށެވެ. ދެން ކޭކު ހިހޫ ކުރުމަށްފަހު މަތީގައި ވިޕް ކްރީމް ފަތުރާލާށެވެ. އެއަށްފަހު ޑެކަރޭޓް ކުރަން ބޭނުންނަމަ، ލުނބޯ ބޭނުންކޮށްގެން ޑެކަރޭޓް ކޮށްލާށެވެ. 2 ލެޔާ ކޭކު ހަދަން ބޭނުންނަމަ، ކޭކު މެދުން ފަޅާލާފައި މެދަށްވެސް ވިޕް ކްރީމް އަޅާށެވެ.