ތ. ގާދިއްފުށީގައި ހިންގާ ފެނާއި ނަރުދަމާ މަޝްރޫޢުގެ ދަށުން، ފެނުގެ މަސައްކަތަށް ބޭނުންވާ ސާމާނު އެމަސައްކަތްކުރާ ސަރަހައްދަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

އެކުންފުނީން ވިދާޅުވީ އެމާސާނާ މަސައްކަތްކުރާ ސަރަހައްދަށް ގެންގޮސްފައިވާއިރު މިހާރުވަނީ ޕާރކިންގ ޝެޑް ހެދުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާފައި ކަމަށެވެ. އެގޮތުން އެމަސައްކަތުގެ 95 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން، 4070 މީޓަރު ދިގު ނަރުދަމާ ވިއުގައެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ނަރުދަމާގެ ޕަމްޕް ސްޓޭޝަނުން 210 މީޓަރުގެ ހޮޅި ގުޅުމާއި، 2 ޕަމްޕް ސްޓޭޝަން ޤާއިމުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ. މި މަޝްރޫޢަކީ 20.9 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.