ނ. ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހެދުމުގެ މަޝްރޫއުގެ ދަށުން، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ، ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ

މި މަޝްރޫއުގެ ދަށުން 3.48 ހެކްޓަރުގެ ބިން ހިއްކުމާއި 255 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި އަދި ބޭރުތޮށިލުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މަޝްރޫއުއަކީ 18.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.