ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ބިލު ތަސްދީގު ކުރައްވައިފިއެވެ.

އިލެކްޓްރޯނިކް މުއާމަލާތްތަކާބެހޭ ޤާނޫނަކީ ވިޔަފާރީގެ މުއާމަލާތްތައް ކުރުމުގައާއި، އެނޫން ބޭނުންތަކުގައި އިލެކްޓްރޯނިކް ޒަރިއާއިން މުޢާމަލާތުކުރުމާއި، ޓްރަސްޓްގެ ޚިދުމަތްތަކުގެ ބޭނުންކުރުން ކުރިއަރުވައި ތަރައްޤީކުރުމަށްޓަކައި، އިލެކްޓްރޯނިކް މުއާމަލާތުގެ ސައްހަކަން ކަށަވަރުކުރެވޭނެ ނިޒާމެއް ޤާއިމުކޮށް، އިލެކްޓްރޯނިކް ޒަރީއާއިން މުއާމަލާތުކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި ޓްރަސްޓްގެ ހިދުމަތްތަކުގެ ބޭނުންކުރުމާގުޅޭ އުސޫލުތައް ބަޔާންކުރާ ޤާނޫނެވެ.

މި ޤާނޫނުގެ މަޤްސަދުތަކުގެ ތެރޭގައި އިލެކްޓްރޯނިކް ސޮއި އަދި ޓްރަސްޓްގެ ޚިދުމަތްތައް ހިމެނޭގޮތަށް، ދިވެހިރާއްޖޭގައި އަދި ދިވެހިރާއްޖެއިން ބޭރުގައި ކުރެވޭ އިލެކްޓްރޯނިކް މުއާމަލާތްތަކަށް ޤާނޫނީ ހައިސިއްޔަތު ދިނުން ހިމެނެއެވެ.

އަދި އިލެކްޓްރޯނިކް މުއާމަލާތްތަކުގެ ސައްހަކަން ޤާނޫނީގޮތުން ކަށަވަރުކޮށްދިމާއި، އިލެކްޓްރޯނިކް މުއާމަލާތްތައް ހިންގުމަށް މަގުފަހިކޮށްދިނުމާއި، އެކަންކަމަށް ޤާނޫނީގޮތުން ހުރި ހުރަސްތައް ނައްތާލުން އަދި އިތުބާރު ހިފޭ ޓްރަސްޓްގެ ޚިދުމަތްތައް މެދުވެރިކޮށް އިލެކްޓްރޯނިކް ޒަރީއާއިން މުޢާމަލާތުކުރުން ކުރިއަރުވައި، އެފަދަ މުއާމަލާތުކުރުމުގައި އާންމުންގެ އިތުބާރު ޤާއިމުކުރުން ހިމެނެއެވެ.