ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފެނަކައިގެ ހިދުމަތް ފޯރުކޮށްދެމުން ގެންދާ ބްރާންޗްތަކުގައި މިއަދު ހެދުނުންފެށިގެން ދަނީ ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދަމުންނެވެ.

މި ހަރަކާތްތައް މިރެޔާ ހަމަޔަށް ކުރިއަށްގެންދިޔުމަށް ވަނީ ރޭވިފައި ކަމަށް ފެނަކައިން ވިދާޅުވިއެވެ.

އެކުންފުނިން ވިދާޅުވީ ރަށްރަށުގެ ހުންނަ ފެނަކަ އޮފީސް އަދި އިންޖީނުގެ ސާފު ކުރުމުގެ އިތުރުން ގޮނޑުދޮށް ތަކާއި އާންމުން އެއްވެ އުޅޭ ސަރަހައްދުތަށް ސާފް ކުރުމުގެ މަސައްކަތް ކުންފުނީގެ މުވައްޒަފުން ދަނީ ކުރަމުން ކަމަށެވެ. އަދި ބައެއް ރަށްރަށުގައި މި ދުވަހާ ގުޅުވައިގެން ގޭބިސީ ތަކަށް ޒިޔާރަތް ކޮށް ގޭބިސީތަށް ސާފްކޮށް އަމަލީގޮތުން ބަޔެއް މަސައްކަތުގައި ބައިވެރިވެފައިވާ ކަމަށް ވެސް އެކުންފުނިން ވިދާޅުވިއެވެ. މީގެ އިތުރުން ރަށްރަށުގެ އެކި ސަރަހައްދު ތަކުގައި ގަސްއިންދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

މި ދުވަހާ ގުޅުވައިގެން އެންމެ ދުވަސްވީ މަސައްކަތްތެރިންގެ އަގު ވަޒަން ކޮށް އެ ފަރާތަކަށް ވަނީ ބައެއް ބްރާންޗްތަކުން ހަދިޔާ ހަވާލު ކޮށްފައެވެ. މުވައްޒަފުންގެ މެދުގައި ހަދިޔާ ބެހުމާއި އެކު އެކީގައި ރޯދަ ވީއްލުން ފަދަ ތަފާތު އެކި ހަރަކާތްތަށް މި ދުވަހާ ގުޅިގެންދަނީ ކުރެވެމުންނެވެ. މި ހަރާކާތުގައި ކުންފުނީގެ އަންހެން އަދި ފިރިހެން މުވައްޒަފުން ވެސް ގެންދަވަނީ ވަރަށް ފުރިހަމަ ކަމާއެކު ބައިވެރިވަމުންނެވެ.

މި ކުންފުންނީގައި މަސައްކަތް ކުރާ 5000 އަށް ވުރެ ގިނަ މުވައްޒަފުން ތިބި އިރު ކޮންމެ މުވައްޒަފަކީވެސް ދުޅަހެކަންމަތީ ތިބެ ސާފްތާހިރު މާހައުލެއްގައި މަސައްކަތުގެ ވަގުތު ހިންހަމަ ޖެހުމާއެކު ހޭދަކުރާ މުވައްޒަފުންތަކަކަށް ހެދުމަކީ ކުންފުނީގެ ވަރަށްބޮޑު އަމާޒެކެވެ.