އީދު ފާހަގަކުރެއްވުމަަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން މާފުއްޓަށް ވަޑައިގެންފި އެވެ.
އެދެކަނބަލުންގެ އިސްތިޤުބާލަށް ގިނަ ޢަދަދެއްގެ ބަޔަކު އެރަށު ބަނދަރު ސަރަޙައްދަށް ޖަމާވިއެވެ.
އިދާ ގުޅިގެން ގިނަޙަރަކާތްތައް މާފުށީގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާއިރު، ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނީ މިއަދު މެންދުރުފަހު އޮންނަ ސަގާފީ ޖާފަތާއި ކުޑަކުދިންގެ ހަވީރުގައެވެ.މިއަހަރުގެ ފިތުރު ޢީދު ކުލަގަދަކޮށް ފާހާގަކުރުމަށް މާފުށީގައި ހަވާއެރުވުމަށް ވަނީ ނިންމާފައެވެ. މާފުށީ ކައުންސިލުން ބުނީ ހަވާ އަރުވާނީ ފިޠުރު ޢީދު ދުވަހުގެ ރޭ ބާއްވާ މިއުޒިކް ޝޯވްގެ ތެރެއިން ކަމަށެވެ. އަދި މިއީ އެރަށުގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ހިންގާ ކާނި ހޮޓެލްސްއާއި އެރީނާ ހޮޓެލްސްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ހަރަކާތެއްކަމަށް ކައުންސިލުން ބުނެއެވެ.