މި އަހަރުގެ އޯލެވެލް އިމްތިހާނު 5،939 ދަރިވަރުންނާއެކު މިއަދު ފަށައިފި އެވެ.

މިއަދުން ފެށިގެން އަންނަ މަހުގެ 10 ހަމައަށް ކުރިއަށް ގެންދާ އިމްތިހާނުގައި ރާއްޖޭގެ 239 ސެންޓަރެއްގެ އިތުރުން ސްރީ ލަންކާގެ ކޮލަންބޯގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރާއި، މެލޭޝިޔާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި ކުރިއަށް ދާނެ އެވެ.

މި އަހަރު އޯލެވެލް ހަދާ ދަރިވަރުންގެ ތެރެއިން އާޓް އެންޑް ޑިޒައިން ކިޔަވާ ދަރިވަރުންގެ އިމްތިހާނު މިދިޔަ އޭޕްރީލް މަހުގެ 13 އާއި 14 ގައި ކުރިއަށް ގެންގޮސްފައިވެ އެވެ. އެ އިމްތިހާނުގައި 181 ދަރިވަރަކު ބައިވެރިވެފައިވެ އެވެ.