ހުޅުމާލޭގައި ދެ ސަރަހައްދެއްގައި މިރޭ މާރީ ހިންގައި ބަޔަކަށް އަނިޔާވެއްޖެއެވެ.

މާރާމާާރީގައި އަނިޔާވެ ދެމީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންކަމަށް މަޢުލޫމާތު ލިބެއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ވިދާޅުވީ ހުޅުމާލޭގައި މިރޭ ފުރަތަމަ މާރާމާރީ ހިނގާފައިވަނީ ފުރަތަމަ ފިޔަވަހީގައި ހުންނަ ލަޔަރ ރެސްޓޯރެންޓު ކައިރީގައިކަމަށެވެ. ދެވަނަ މާރާމާރީ ހިނގާފައިވަނީ ދެވަނަ ފިޔަވައްސަށް އަރާ ބްރިޖް ކައިރީގައިކަމަށާ، މިދެމާރާމާރީގައި ދެމީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށެވެ.

އެހެންނަމަވެސް މި މާރާމާރީތަކުގެ އިތުރު ތަފްސީލެއް ނުލިބެއެވެ. އެހެންނަމަވެސް މިރޭ ފުލުހުން ވަނީ ހިޔާގެ ބައެއް ތަވަރުތަކުގައި ޙަރަކާތްތެރިވެފައެވެ. އަދި ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަންޒަރުވެސް ފެނިފައިވެއެވެ.