މިދިޔަ މަހު އެންމެ ގިނައިން ފުލުހުންނަށް ހުށައަޅާފައިވަނީ ވައްކަމުގެ މައްސަލަަތައްކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިގޮތުން މިދިޔަމަހު ޖުމުލަ 890 މައްސަލަ ފުލުހުންނަށް ހުށައެޅިއިރު އޭގެތެރެއިން 286 މައްސަލައަކީ ވައްކަމުގެ މައްސަލައެވެ. އޭޕްރީލް މަހުުގެ ތެރޭގައި ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެގޮތުން މަސްތުވާތަކެތީގެ 122 މައްސަލަ ހުށަހަޅާފައިވާއިރު ޓްރެފިކް އެކްސިޑެންޓްގެ ގޮތުގައި 121 މައްސަލަ ހުށަހަޅާފައިވެއެވެ. މީގެ އިތުރުން މުދާ ގެއްލިގެން 113 މައްސަލައެއް ހުށައަޅާފައިވެއެވެ.

މަކަރާއި ޙީލަތް ހެދުމުގެ 77 މައްސަލައަކާއި މާރާމާރި ހިންގުމުގެ 51 މައްސަލައަކާއި އަމިއްލަ މީހުންނާއި އާންމުންގެ މުދަލަށް ގެއްލުން ދިނުމުގެ 43 މައްސަލައެއްވެސް ހުސްވިމަހު ވަނީ ހުށައަޅާފައެވެ. ފުލުހުން ވިދާޅުވީ މިދިޔަމަހު ޖިންސީ ގޯނާ ކުރުމުގެ 25 މައްސަލައަކާއި ފޭރުމުގެ 24 މައްސަލައަކާއި ގެވެށި އަނިޔާ ކުރުމުގެ 19 މައްސަލައަކާި ފޯޖުކުރުމުގެ 7 މައްސަލައެއްގެ އިތުރަށް ޗެކް ބައުންސްވުމުގެ 2 މައްސަލައެއްވެސް މިދިޔަމަ މަހު ހުށައަޅާފައިވަކަމަށެވެ.