އޭޝިއާ ޕެސިފިކް ގައުމުތަކުން ދަނީ އެމީހުންގެ ޑިފެންސް ސްޓްރެޓެޖީ ހާނަމުން އެމެރިކާއާ ގުޅިގެން ވަރުގަދަ ކުރަމުންނެވެ. ޗައިނާއިން ބާރު ދައްކަމުންދިއުމާ ގުޅިގެން ގައުމުތަކުގެ މެދުގައި ނުތަނަވަސްކަންވެސް ދަނީއިތުރު ވަމުންނެވެ.
ޗައިނާއިން ދެކޭ ގޮތުގައި އެމެރިކާގެ އިންޑޯ ޕެސިފިކް ސްޓްރެޓެޖީއަކީ، އިންޑިއާއާއި ޖަޕާންފަދަ ގައުމުތައް ޗައިނާއާ ދެކޮޅަށް ތެދުކުރުމަށް ކުރަމުންދާ މަސައްކަތެކެވެ.
އެމެރިކާއިން ވަނީ ދާދިފަހުން ދިވެހިރާއްޖެއާއެކުވެސް ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ކިޔާލުމަށް: އެމެރިކާ އާއި ދިވެހިރާއްޖެއިން އަސްކަރީ ގުޅުމަށް އެއްބަސްވެއްޖެ
އެމެރިކާގެ ސްޓްރެޓެޖީ ފެށެނީ ދެކުނު އޭޝިއާގެ ދިވެހިރާއްޖެއިން ފެށިގެން އެމެރިކާގެ ޕެސިފިކް އައްސޭރިފަށަށެވެ. މި ސްޓްރެޓެޖީ އެންމެ ފުރަތަމައަށް ބައްޓަންކޮށްދެއްވީ ވިއެޓްނާމަށް 2017ގައި ކުރެއްވި ދަތުރުފުޅުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެވެ. ޓްރަމްޕް ގޮވާލެއްވީ، އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑު އެންމެނަށްވެސް މިނިވބަންކަމާއެކު ދަތުރުފަތުރުކުރުމަށް ހާމަކޮށް ބޭއްވުމަށެވެ. އެއަށްފަހު އެމެރިކާއިން ދަނީ އެމެރިކާގެ ވިސްނުމަށް ބައިވެރިން އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ.
ކިޔާލަން: އެމެރިކާ އޮތީ ދެކުނު ޗައިނާ ކަނޑުގައި ޗައިނާއަށް ހުރަސް އަޅާ ގޮތަށް
އޮސްޓްރޭލިއާއިންވެސް ޖުލައި މަހު އިޢްލާން ކޮށްފައި ވަނީ ދިފާއީ ޚަރަދަށް، 190 ބިލިއަން ޑޮލަރު ހަމަޖައްސާފައިވާ ކަމަށެވެ. ބޮޑު ވަޒީރު ސްކޮތް މޮރިސަން ވިދާޅުވީ، ސަރަހައްދީ ހަމަނުޖެހުމާއި އަވަށްޓެރިންގެ ސަރަހައްދަށް އެހެން މީހުން އަތްގަދަ ކުރުންފަދަ ކަންތައްތަކާ ހެދި އޮސްޓްރޭލިއާއިން ކުރިން ކޮށްފައިވާ ނުގޮތަށް ހޭދަތައް އިތުރުކޮށް ސިފައިން ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރަން ޖެހިފައިވާ ކަމަށެވެ.
އެއަށްފަހު، ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާރޓޭ އިޢްލާން ކުރެއްވީ، އެމެރިކާއާއެކު ހަދާފައިވާ ދިފާއީ އެއްބަސްވުމަށް މެނީލާއިން އަމަލު ކުރަމުންދާނެ ކަމަށެވެ.
ކިޔާލުމަށް: އިންޓަރނޭޝަނަލް ކޯޓުގެ ޙުކުމަށް ޗައިނާ ތަބާވުމަށް މެނީލާ ގޮވާލައިފި
މިއީ ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ހިންގާ ގަނާ ކުރުމުގެ މައްސަލައާ ހެދި އަޅާފައިވާ ފިޔަވަޅެއްކަމުގައި ފެނެއެވެ.
މިހަފްތާގައި އދގައި ދެއްވި ތަގްރީރުގައި އޭނާ ވަނީ ދެކުނު ޗައިނާ ކަނޑުގެ ގުދުރަތީ މުއސަނދިކަން ބޮޑު ކަނޑު އޮޅީގައި ފިލިޕީންސަށް ލިބިފައިވާ ގާނޫނީ ހައްގު ދޫކޮށްނުލާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ކިޔާލުމަށް: ފިލިޕީންސްއިން އެދެނީ އެމެރިކާއިން މެނީލާއަށް ސަލާމަތީ ގޮތުން އެހީތެރިވުމަށް
ފިލިޕީންސް ޔުނިވަރސިޓީގެ މެރިޓައިމް އެފެއާޒް އެންޑް ލޯ އޮފް ދަ ސީ، އިންސްޓިއުޓްގެ ޑިރެކްޓަރ ޖޭ ބަޓޮންގބަކަލް ވިދާޅުވަނީ، އެހެން އެތައް ގައުމަކުންވެސް އެމެރިކާގެ އިންޑޯ ފެސިފިކް ސްޓްރެޓެޖީގައި ބައިވެރިވާނެއެވެ.
ޗައިނާއިން ވަނީ ގައުމުތަކުން އެމެރިކާއަށް މިކަމުގައި ވާގިވެރިވާންވީ ސަބަބުތައް ފަހިކޮށްދީފައި ކަމަށް އޭނާ ވިދާޅުވެއެވެ.
ކިޔާލުމަށް: އޮއިވާލި ކަނދުފަތީގެ މައްސަލާގައި ފިލިޕީންސްއާއި ޗައިނާގެ ކުރިމަތިލުން
އެގޮތުން މިދިޔަ އަހަރު ޗައިނާއިން ހިންގާފައިވާ ވިއެޓްނާމް، މެލޭޝިއާ، އިންޑޮނޭޝިއާގެ ވައިގެ އުދުހުން ތަކާއި ކަނޑު ދަތުރަށް ހުރަސް އެޅުންފަދަ އަމަލުތަކަށް އޭނާ އިޝާރާތް ކުރެއްވިއެވެ.
ކިޔާލުމަށް: އިންޑޮނޭޝިއާއިން ދެކުނު ޗައިނާ ކަނޑުގައި އަސްކަރީ ތަމްރީން ބާއްވައިފި
އަދި ޗައިނާގެ ޑިޕްލޮމޭޓުންގެ ހަރުކަށި ބަސްމަގާއި އިންޑޯ ޕެސިފިކްގެ ޖިއޯޕޮލިޓިކްސްގައި ވިސްނުންތެރިކަމެއް ނުގެންގުޅުމަކީވެސް މީގެ ސަބަބެކެވެ.
ޝައްކެތް ނެތް ގޮތުގައި ޗައިނާގެ އިގްތިސާދީ އަދި ފަންނީ ކުޅަދާނަ ކަމުން ޗައިނާއަށް ޗައިނާގެ ސަރަހަދީ މަސްލަހަތު އެމެރިކާއާ ދެކޅަށް ހިމާޔަތް ކުރެވިދާނެއެވެ.
ޗައިނާއިން ދެކުނު ޗައިނާ ކަނޑުގައި ތިލަފަޅުތަކުގައި ޖަޒީރާތައް ހެދުމާއި އަސްކަރީ ތަމްރީނުތައް ބެއްވުން އިތުރު ކުރުމާއި، އެހެން ގައުމުތައް ހިސާރުކޮށްލުމުގެ ޑިޕްލޮމެސީއާއި ވޮޝިންޓަންއާ ދެބަސްވުންފަދަ މައްސަލަތަކާ ހެދި ވިއެޓްނާމާއި މެލޭޝިއާ އަށް ފައިދާ ބޮޑީ އެމެރިކާއާ ގާތްވެގެން ކަމުގައި މުހައްލިލުން ދެކެއެވެ.
ކިޔާލުމަށް: މަތިންދާބޯޓް އުފުލާ މަނަވަރު ގޮއްވާލާ މިސައިލް ޗައިނާއިން ޓެސްޓް ކޮށްފި
ވިއެޓްނާމްގެ ފޮރިން މިނިސްޓަރވެސް މިމަހު އޮތް އާސިއަންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ އާސިއަންގެ ގައުމުތަކުން ސުލްހަ ގާއިމުކުރުމަށާއި ދެކުނު ޗައިނާ ކަނޑުގައި ހަމަޖެހުން ގާއިމް ކުރުމަށް ކުރާ މަސައްކަތަށް އެމެރިކާއިން ތާއީދުކުރުމަކީ ވިއެޓްނާމުން މަރުހަބާ ކިޔާ ކަމެއް ކަމަށެވެ.
ކިޔާލުމަށް: ވިއެޓްނާމް މަސްވެރިން ހިމާޔަތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ކިޔާލުމަށް: ޗައިނާއިން ސެބްމެރީން ކޭބަލް އަޅާތީ ވިއެޓނާމުން ދެކޮޅު ހަދައިފި
ދެކުނު ޗައިނާ ކަނޑުގައި ޗައިނާގެ ގަނާ ކުރުމާ އެންމެ ބޮޑަށް ކުރިމަތިލާން ޖެހިފައިވާ އެއް ގައުމަކީ ވިއެޓްނާމު ކަމުން ހެނޯއީން ދަނީ ޖަޕާނާއި އިންޑިއާއާއެކު ދިފާއީ ގުޅުން ވަރުގަދަ ކުރަމުންނެވެ.
މެލެޝިއާއިން ވަނީ ދެކުނު ޗައިނާ ކަނޑުގެ ކޮންޓިނެންޓަލް ޝެލްފްގައި ޗައިނާއަށް ހައްގެއް ނެތްކަމަށް ބުނެ، ޖުލައި މަހު އދއަށް ޝަކުވާ ކޮށްފައެވެ.
ކިޔާލުމަށް: މެލޭޝިއާއާއި ޗައިނާއާ ދެމެދު ގާނޫނީ ހަނގުރާމައެއް
އެމެރިކާއިން އުފައްދާފައިވާ ހަތަރު ގައުމުގެ ގުޅުން ކަމުގައިވާ އެމެރިކާ، އިންޑިއާ، ޖަޕާން އޮސްޓްރޭލިއާއިން ބާރުއަޅަނީ ހަމަޔާއި އުސޫލުތައް ނަގަހައްޓާ ނިޒާމެއް އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގައި އޮތުމަށެވެ.
ކިޔާލުމަށް: ޖަޕާނާއި ޗައިނާ ދެމެދު ޖަޒީރާތަކުގެ މައްސަލަ
ޗައިނާއިން ބުނަނީ މިއީ ޗައިނާއާ ދެކޮޅަށް މަސައްކަތް ކުރާ ހަތަރު ގައުމު ކަމަށެވެ.