ޕާކިސްތާންގައި އަންހެނަކު ގޭންގް ރޭޕްކޮށްފިއެވެ. ޓައިމްސް އޮފް އިސްލާމްއާބަދުން ރިޕޯޓް ކުރިގޮތުގައި ތިން ފިރިހެނުން ވެގެން ރޭޕްކޮށްފައިވާ އަންހެން މީހާއަކީ އެމީހުންގެ މެހްމާންދާރީ އަދާކުރި އާއިލާގެ އަނެހެން މީހާއެވެ. މިހާދިސާ ހިނގާފައި ވަނީ ހޮނިހިރު ދުވަހުއެވެ.

ކިޔާލުމަށް: ފަނަރަ އަހަރުގެ ކުއްޖާގެ ރޭޕް

ކިޔާލުމަށް: ރޭޕް ކުރުން ކުށަކަށް ނުވި

ބާވަލްޕޫރުގެ ހާސިލްޕޫރު ސިޓީގައި ހިންގާފައިވާ މި ޖަރީމާ ވަނީ ފުލުހަށް ހުށަހެޅިފައެވެ.

މި ތިން ފިރިހެނުންނަކީ މަޒްލޫމާގެ ފިރިމީހާގެ ތިން ރައްޓެހިންނެވެ. އެ ފިރިހެންމީހާ މިމީހުނަށް ބޯނެ އެއްޗެއް ގަތުމަށް ގެއިން ބޭރަށް ދިޔަ ވަގުތު ތިން މީހުން ވެގެން އަންހެން މީހާ ރޭޕްކޮށްލީއެވެ. ފިރިމީހާ ގެއަށް އައުމުގެ ކުރިން މިމީހުން ވަނީ ފިލައިގެން ގޮސްފައެވެ.

އިތުރު އެހެން ހާދިސާއެއްގައި ސެޕްޓެމްބަރު 30 ގައި ކަރާޗީން ގެއްލިފައިވާ 5 އަހަރުގެ އަންހެން ކުއްޖާގެ ހިލަމެއް އަދިވެސް ނުވެއެވެ. ފުލުހުން ބުނަނީ އެމީހުންނަށްވެސް މި މައްސަލާގެ ކޮޅުމައްޗެއް އަދި ފެނިފައި ނުވާ ކަމަށެވެ.

މިކުއްޖާ އެންމެ ފަހުން ފެނުނު ކަމަށް ވަނީ ސިޓީ މީހުން އީދު ނަމާދުކުރާ ހުސް ބިމުގައި ހުއްޓައެވެ.