ނަމަކީ، ރެންޓްސެންކޯރލޫ ބަޑް އެވެ. އިސްކޮޅުން އިންތިހާއަށް ދިގެވެ. އެކަމަކުވެސް އެންމެ ހިތާވަނީ، ފުންނާބު އުސް ފައިވާނަށް ސަވާރުވާށެވެ.

އުމުރުން އޮނަތިރީސް އަހަރުގެ ބަޑް، މިއީ ހަ ފޫޓު ނުވަ އިންޗީގެ އިސްކޮޅެއްގެ ވެރިއެކެވެ.

ދުނިޔޭގެ ދެވަނަ އަށް އެންމެ ފައި ދިގު މީހާގެ ހައިސިއްޔަތުން އޭނާގެ އުނަގަނޑުން ފުންނާބާ ހަމައަށް 52.8 އިންޗި ހުރެއެވެ.

ކިޔާލަން: ދުނިޔޭގެ އެންމެ ފައިދިގު އެމެރިކާ މީހާ

މިއީ އުފަން މޮގޯލިއާގެ މީހެކެވެ. މިހާރު މިއާއިލާ އުޅެނީ އެމެރިކާގައެވެ. މިއީ އިސްކޮޅުން ދިގު މުޑަވަތުގެ އާއިލާއެކެވެ.

އޭނާގެ މަންމައަކީ، ހަ ފޫތް 1 އިންޗީގެ މީހެކެވެ. އަދި ބައޕަ އަކީ، ހަ ފޫތް ދިހަ އިންޗީގެ މީހެކެވެ.

ބަޑް ބުނާ ގޮތުން އޭނާ ބޭނުން ވަނީ ކުރު ސޯޓު ލައިގެެން ދިގު ފައި މީހުނަށް ދައްކާށެވެ.