މިޔަންމާއާއި ތައިލެންޑްގެ ބޯޑަރުމަތީގައި ޗައިނާއިން ހަދަމުންދާ ޑިއުޓީ ފްރީ ޒޯންގެ ހޮޓާތަކާއި ކެސިނޯތަކުގައި މަސައްކަތް ކުރާނެ މީހުން ހޯދުމަށް އިޢްލާން ކޮށްފިއެވެ. މިޔަންމާރގެ ނޫސް އިރާވަޑީން ރިޕޯޓްކޮށްފައިވާ ގޮތުގައި ސިފައިން ވެރިކަން ހިފައިގެން އަނިޔާވެރި އަމަލުތައް ހިންގަމުންދާއިރުވެސް މިޔަންމާ އާއި ތައިލެންޑްގެ ބޯޑަރުގައި ޗައިނާއިން ހިންގާ ޗައިނާ ޓައުންގެ މަސައްކަތް ދަނީ ބާރަށް ކުރިއަށެވެ.

ޗައިނާ ޓައުންގެ ނަމުން މަޝްހޫރު މި ސަރަހައްދު ބިނާކޮށްފައި ވަނީ ހޮންގކޮންގގައި ރަޖިސްޓްރީ ކޮށްފައިވާ ޔާޓާއީ އިންޓަރނޭޝަނަލް ހޯލްޑިންގ ގްރޫޕުންނެވެ. މިއީ ކެމްބޯޑިއާއާއި ފިލިޕީންސްގައި ފުޅާދާއިރާއެއްގައި ކެސިނޯތައް ހިންގާ ކުންފުންޏެކެވެ.

އިތުރަށް ކިޔާލުމަށް

ޝްވެ ކޮއްކޯ ޕްރޮޖެކްޓް ތަހްގީގު ކުރަން ފަށައިފި

މިކުންފުނިން އިސްވެސްޓް ކޮށްފައި ވަނީ ކުރިން ރޮހިންގާ މުސްލިމުން ދިރިއުޅުނު ކަރެން ސްޓޭޓްގައެވެ. މިހިސާބުގައި ޗައިނާއިން ހަދަމުންދާ ސިޓީއަކީ ޝްވެ ކޮއްކޯ ގެ ނަމުން ނަންދީފައިވާ ޕްރޮޖެކްޓެކެވެ. މިޔަންމާގެ އިންގިލާބްގެ ކުރިން މި ޕްރޮޖެކްތްގެ މަސައްކަތް ހުއްޓުވައި ޕްރޮޖެކްޓް ތަހުގީގު ކުރުމަށްވެސް ސަރުކާރުން އުޅުނެވެ.

ޝްވެ ކޮއްކޯ ޕްރޮޖެކްޓަކީ ރޮހިންގާ މުސްލިމުން ބޭރުކޮށްލުމުގައި ހަރަކާތްތެރިވި ސިފައިން ގެންގުޅޭ ހަނގުރާމަވެރި މިލީޝިއާ ހިއްސާވާ ޕްރޮޖެކްޓެކެވެ.