"މިހާރު އެހެރީ ބުއްދި ފިލާފަ" އެމެރިކާގެ ރައީސް ޓްރަމްޕްއާ ގާތް ގުޅުމެއް ބާއްވާ ފަރާތަކުން ސީއެންއެންގެ ޖިމް އެކޯސްޓަރއާ ވާހަކަ ދައްކަމުން ޓްރަމްޕް ސިފަ ކުރެއްވިއެވެ.

އަމިއްލަ ނަފްސަށް ކޮންޓްރޯލެއް ނެތި، އިންތިހާއަށް ކޯފާވެވަޑައިގެން ހުންނެވި، ހުރިހައި ބާރެއް ލިބިވަޑައިގެންފައިވާ ރައީސަށް ކުރިއަށް މިއޮތް ދެ ހަފްތާގެ ތެރޭގައި ކޮންމެ ފަދަ ގެއްލުމެއްވެސް ދެއްވިދާނެ ކަމަށް އެމެރިކާގެ ރިއާސީ މުއައްރިޚް ޑޮގްލަސް ބްރިންކްލީ ވިދާޅުވެއެވެ.

"އެމެރިކާގެ ފެޑަރަލް ބިއުރޯގައި މަސައްކަތް ކުރާ ކޮންމެ މީހަކުވެސް ޑޮނަލްޑް ޓްރަމްޕަށް ނިކަން ގާތުން ފާރަވެރިވަމުން ދާނެ. ސަބަބަކީ އޭނާ އުޅުއްވަނީވެސް އަދި ވިސްނަވަނީވެސް މޮޔަފުޅު ގޮތަކަށް" ބްރިންކްލީ ވިދާޅުވިއެވެ.

ނިއުކްލިއަރ ބަޓަންއާއި އެހެންވެސް ބޮޑެތި ބާރުތަކެއް ލިބިވަޑައިގެންފައިވާ އެމެރިކާގެ ރައީސް ވަނީ 220 އަހަރުގެ ޑިމޮކްރެޓިކް ސަގާފަތް ބޮލާލައި ޖައްސަވައި، އެމެރިކާގެ ކޮންގްރެސްގެ ދެ ގެ މެންބަރުންނާއެކު ހަވަރަށް ދެއްވާފައެވެ.

އިންތިޚާބު އޮޅުވާލުމަށް އޭނާ ވަނީ ޖޯރޖިޔާގެ މަސްއޫލުވެރިންނަށް އިރުޝާދު ދެއްވާފައެވެ. އިލެކްޓޯރަލް ކޮލެޖުގެ ނަތީޖާ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ދެ ގޭގެ އެއްވެފައިވާ ޖަލްސާގައި ގަބޫލު ނުކުރެއްވުމަށް އޭނާ ވަނީ އޭނާގެ ނާއިބް ރައީސަށް ބާރުއަޅުއްވާފައެވެ.

އެއްގޮތަށް ވުރެން ގިނަ ގޮތް ގޮތުން ޓްރަމްޕް މަސައްކަތް ކުރެއްވީ ބަޣާވާތެއް ގެންނަވާށެވެ. ނާއިބް ރައީސް މައިކް ޕެންސްއާއި ވައިޓްހައުސްގެ އެހެނިހެން މަސްއޫލުވެރިން ވަނީ ޓްރަމްޕާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.

އެމެރިކާގައި މާރޝަލްލޯ ހިންގަންވެސް ބަޔަކު ވިސްނި

ބައެއް އިސް މަސްއޫލުވެރިން އިސްތިއުފާ ދެއްވާނެ ކަމުގެ އިންޒާރު ދެއްވިއެވެ. ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ މީގެ ތެރޭގައި ހިމެނިވަޑައިގެންނެވިއެވެ. އަދި މަސްއޫލިއްޔަތު އަދާކުރެއްވުމަށް ނުކުޅެވަޑައިގަތް ހާލަތެއްގައި ރައީސް ޢަޒުލުކުރުމަށް ފާސްކޮށްފައިވާ ގާނޫނުއަސާސީގެ 25 ވަނަ މާއްދާ އަށް އަމަލު ކުރުމަށްވެސް ކެބިނެޓްގެ ބޭފުޅުންނާއި ކޮންގްރެސްގެ މެންބަރުން އިންޒާރު ދެއްވިއެވެ.

އެމެރިކާ ކޮންގްރެސް ހިސާރުކޮށްފި

ބުދަ ދުވަހާއި ބުރާސްފަތި ދުވަސް ނިމިގެން ދިޔައިރު، އެމެރިކާގެ ގާނޫނު ހަދާ މަތީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ނާއިބް ރައީސް ޕެންސް ވަނީ ޑިމޮކްރެޓިކް އާދަކާދަތައް ހިފަހައްޓަވާނެކަމުގެ ޔަގީންކަން ދެއްވަމުން އިލެކްޓޯރަލް ކޮލެޖްގެ ނިޔާ ތަސްދީގް ކުރައްވާފައެވެ.

މަޖުބޫރުވެ ހުންނަވައިގެން ޓްރަމްޕް ވަނީ އިންތިޚާބުގެ ނަތީޖާ އަދިވެސް ގަބޫލު ނުކުރައްވާނެކަމަށާއި އެހެން ނަމަވެސް 20 ޖެނުއަރީގައި އޮމާންކަމާއެކު ވެރިކަން ރައީސް މުންތަޚަބްއާ ހަވާލު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ޓްރަމްޕަށް އިތުރު ގޮތެއް ލިބިގެނެއް ނުވެއެވެ.

ޓްރަމްޕްގެ މުޅި ރިއާސީ ދައުރު ނިމިގެން ދިޔައީ މަރޓިން ލޫތަރ ކިންގ ވިދާޅުވިފަދައިން "ގަތުލުއާންމަކުން އުފަންވި ގައުމު" އެމެރިކާގެ ޑިމޮކްރެސީ ލޫދައި ކުދިކުދި ކޮށް އިޖުތިމާއީ ފޭރާން ދޭސީކޮށް، ބީދޭސިންގެ ކުރިމަތީ އެމެރިކާ ލަދުގަންނަވައި ބައިނަލްއަގްވާމީ މައިދާނުގައި އެމެރިކާގެ އަގު ވައްޓަވާ ލައްވާފައެވެ.

އެމެރިކާގައި މިހާރު އެކުރަނީ ބަޣާވާތެއް: ނަޝީދު

ޓްރަމްޕްގެ ނާގާބިލު ސިޔާސަތުން ކޮވިޑް19 ގައި އެމެރިކާގައި މީހުން މަރުވެފައިވަނީ މެހި މާބުރުތަކެއް ހެންނެވެ.

އެމެރިކާގެ ކުރީގެ ރައީސް ބުޝް ވިދާޅުވާ ގޮތުން ޓްރަމްޕް ވަނީ ބަނާނާ ރިޕަބްލިކެއް ދައްކާފައެވެ. ރަޝިޔާއިން ބުނެފައި ވަނީ އެމެރިކާއިން އެގައުމުގެ އިލެކްޝަންއާ ބެހޭ އިންތިޚާބު ޒަމާނީ ހަމަތަކަށް ފައްތަން ޖެހިފައިވާ ކަމަށެވެ.

"މިއީ ވެރިކަން ފުރޮޅާލުމުގައި އިންގިލާބަކާ ގާތަށް އެމެރިކާ ސޮއްސާލި މިންވަރު" ވޮޝިންޓަނުގެ ފުލުހުންގެ ވެރިޔާ ޗާލްސް ރެމްސީ ސީއެންއެންއާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

މޮޔައެއްގެ އަތުގައި ނިއުކްލިއަރ ކޮންޓްރޯލް އޮތް 13 ދުވަހަށް ދުނިޔެއާ އެމެރިކާވެސް ފާރައަށް އޮންނަން ޖެހޭނެއެވެ.