ޕާކިސްތާންގެ އަވަށްޓެރި ގިނަ ގައުމުތަކުން ދަނީ ކޮވިޑް ވެކްސިން ދިނުމަށް ތައްޔާރު ވަމުންނެވެ. އެހެންނަމަވެސް ޕާކިސްތާން އަދި އުޅެނީ ފަހަތުގައެވެ. ޕާކިސްތާންގެ ބޮޑު ވަޒީރަށް މިމައްސަލާގައި ބޮޑެތި ފިއްތުންތަކެއް ކުރިމަތި ވަމުން ދެއެވެ. ހަމަ އެއާ އެއްވަރަކަށް އިމްރާން ޚާން ކޮންފިއުޒްވެސް ވެވަޑައިގަންނަވައެވެ. ޕާކިސްތާން ސަރުކާރުން އަންގަނީ، ވަކި އެއް ބަޔަކަށް ވެކްސިން އެތެރެ ކުރުމުގައި މޮނޮޕޮލީއެއް ސަރުކާރުން ނުގެންގުޅޭނެ ކަމަށެވެ. ޑްރަގް ރެގިއުލޭޝަން އޮތޯރިޓީ އޮފް ޕާކިސްތާނުން ހުއްދަ ދީފި ކޮންމެ ވެކްސިންއެއް ކޮންމެ ބަޔަކަށްވެސް ގެނައުމުގެ ހުއްދަ އޮންނާނެ ކަމަށް ސަރުކާރުގެ ވަޒީރުން ވިދާޅުވެއެވެ.

ޕާކިސްތާންގެ ކޮވިޑްގެ ހާލަތުވެސް މުޅިއަކުން އަދިވެސް ރަނގަޅެއް ނުވެއެވެ. މިހާރު މި ބަލިން މަރުވެފައިވާ މީހުންގެ އަދަދު 11 ހާހަށް އަރާފައި ވެއެވެ. މިދިޔަ 24 ގަޑި އިރު ތެރޭވެސް 58 މީހުން ވަނީ ކޮރޯނާ އިން މަރުވެފައެވެ. މުޅި ޕާކިސްތާން ގައި ފަސް ލައްކަ ތޭވީސް މީހުން ފައްސި ވެފައި ވެއެވެ.

ބެލެވޭ ގޮތުގައި ޕާކިސްތާންގެ އެކި ސަރަހައްދުތަކަށް ގެންދާނީ އެކި ވެކްސިންތަކެވެ. ސިންދް ޕްރޮވިންސަށް ލިބޭނެ ކަމަށް ވަނީ އެސްޓްރާ ޒެނެކާ އޮކްސްފޯރޑް ވެކްސިންނެވެ.

އެސްޓްރާ ޒެނެކާގެ ވެކްސިން ޕާކިސްތާންގެ އާބާދީގެ 20 އިންސައްތައަށް ލިބޭނެ ކަމަށް ބެލެވެއެވެ. އެންމެ ފުރަތަމަ ވެކްސިންއަކަށް އިމަޖެންސީކޮށް ދިނުމަށް ޕާކިސްތާންގައި ހުއްދަ ދީފައިވަނީ މިވެކްސިންއެވެ. ޕާކިސްތާން ސަރުކާރުން ބުނާ ގޮތުގައި އިތުރު ވެކްސިންތަކެއް ރެޖިސްޓްރީ ކުރުމަށްވެސް ހުޅުވާލެވޭނެއެވެ.

ޕާކިސްތާން ސަރުކާރުން އަދި އެއްވެސް ވެކްސިންއެއް އިމްޕޯޓް ކުރުމަށް އޯޑަރެއް ދީފައެއް ނުވެއެވެ.

އެސްޓްރާ ޒެނެކާގެ ވެކްސިންއަށް އިމަރޖެންސީގައި ބޭނުން ކުރުމަށް ހުއްދަ ދިންތާ ދެދުވަސް ފަހުން ޕާކިސްތާނުން ވަނީ ޗައިނާގެ ސައިނޯފާމް ވެކްސިން ކުއްލި ހާލަތުގައި ބޭނުން ކުރުމަށްވެސް ހުއްދަ ދީފައެވެ. މިވާހަކަ އިޢްލާން ކުރުމުގެ ތރޭގައި ބުނެފައިވަނީ ވެކްސިން ހޯދުމަށްޓަކައި އެހެން ފަރާތްތަކާވެސް ސަރުކާރުން ދަނީ ވާހަކަ ދައްކަމުންނެވެ.

ޕާކިސްތާން ސަރުކާރުން ވެކްސިން ގަތުމަށް އޯޑަރު އަދިވެސް ދީފައި ނުވުމުގެ ސަބަބުން މީހުން ވަނީ ސަރުކާރަށް ފާޑު ކިޔާފައެވެ. ރައްޔިތުން ދެކެނީ ވެކްސިން އުފައްދާ ފަރާތްތައް މަދުކަމަށް ވާއިރު ސަރުކާރުން ސަމާލުކަން ދީގެން ވެކްސިންއަށް އޯޑަރު ނުދިނުމަކީ އިހުމާލެއް ކަމަށެވެ.

ލަފާ ކުރެވޭ ގޮތުގައި ޕާކިސްތާނާއި ޗައިނާގެ ދެމެދުގެ ބަދަހި ގުޅުމުގެ ސަބަބުން ބެއިޖިންގއިން އިސްލާމްއާބާދަށް ވެކްސިން ފޯރުވައި ދިނުމުގައި ޚާއްސަ ގޮތްތަކެއް ގެންގުޅޭނެއެވެ. ނަމަވެސް ޗައިނާ ވެކްސިން އެންމެ ފުރަތަމަ އިމްޕޯޓް ކުރި ބްރަޒީލުން އިންޑިއާއިން ދެ ވެކްސިން ގެންދިއުމާއި އަދި ސީއެންއެންފަދަ ދުނިޔޭގެ މީޑިއާތަކުގައި ޗައިނާ ވެކްސިންގެ އެފިކާސީއާ ބެހޭ ގޮތުން ތަފާތު ގޮތްގޮތަށް ރިޕޯޓް ކުރުމަކީ މީހުން މި ވެކްސިންއާ މެދު ނޭދެވޭ ގޮތަކަށް ބަލާނެ ކަމެކެވެ.

ޗައިނާ ވެކްސިންއަށް މަލާމާތް ކޮށްފަ މައާފަށް އެދެފި

ޕާކިސްތާނަށް އަދި މިހާތަނަށް ކަށަވަރު ވެފައި ވަނީ ދުނިޔޭގެ ވެކްސިން ކޮއެލިޝަން މެދުވެރިކޮށް ޕާކިސްތާނަށް ލިބޭ، 50 މިލިއަން ހިލޭ ޑޯޒްއެވެ.

ޕާކިސްތާންގެ އަވަށްޓެރިން ދެކުނު އޭޝިއާގެ ގައުމުތަކުގައި ވެކްސިން ދޭން ތައްޔާރުވަމުންދާއިރު އިމްރާން ޚާން ސަރުކާރަށް ކިޔޭ ފާޑު ކިޔުންތަކަށް ރައްދު ދެއްވަމުން ސިއްޙަތާ ބެހޭ ވަޒީރު ޑރ. ފައިސަލް ސުލްތާން ވިދާޅުވީ ޕާކިސްތާނަށް ވެކްސިން ހޯދުމުގައި ލަސްތަކެއް ދިމާވެފައި ނުވާކަމުގައެވެ. އެހެންނަމަވެސް ޑޯން ނޫހުގައި އިހަށްދުވަހު އޭނާ ވިދާޅުވީ ޕާކިސްތާނަށް ވެކްސިން ލިބޭނީ މާރޗް މަހުގައި ކަމަށެވެ. ވަޒީރު ވިދާޅުވާ ގޮތުގައި ޕާކިސްތާނުން މި ގޮތަށް ނިންމައިގެން މިއޮތީ ބުއްދި އިސްކުރާތީ އެވެ. ޕާކިސްތާނުން ދެކެން ބޭނުންވަނީ ވެކްސިން ޖަހާ މީހުނަށް ވާ ގޮތެވެ. އަދި ކެތްތެރިކަމާއެކު ބަލަހައްޓައިގެން އޮތުމުގެ ސްޓްރެޓެޖީއެއް ޕާކިސްތާނުން ގެން ގުޅޭކަމަށް ޑރ. ސުލްތާން ވިދާޅުވިއެވެ.

އަވަސް އަރުވާލައިގެން ވެކްސިނެއްނުދޭނެ

ޕާކިސްތާންގެ އާބާދީއަކީ 200 މިލިއަން އެވެ. މިއިން 100 މިލިއަން އަކީ 18 އަހަރުން ދަށުގެ ކުދިންނެވެ. ޕާކިސްތާން ސަރުކާރުގެ އަމާޒަކީ އާބާދީގެ 70 އިންސައްތައަށް ވެކްސިން ފޯރުވައި ދިނުމަށެވެ. ނަމަވެސް މިކަން ވާނީ ކިހިނެއް ކޮން އިރަކު ކަމެއް ސަރުކާރަށް ބުނެއެއް ނުދެވެއެވެ.