ފްލޮރިޑާގައި އޮތް ކާރު ރޭހެއް ބަލަން ގޮސް، ޓްރަމްޕް ޑްރައިވަރަކަށް ހިތްވަރުދީ ހެދުމަށްފަހު، އެމީހާގެ ކާރު ބާރު ދުވެލީގައި ގޮސް އެހެން ކާރަކާ ލައިގަނެ، ކާރު ބަންޑުން ޖަހައިފިއެވެ.
މި ހަފްތާ ބަންދުގައި ޓްރަމްޕް ރައީސްގެ މޮޓޯކޭޑް ވަނީ ފްލޮރިޑާގެ ރޭސްޓްރެކް ތެރޭގައި ދުއްވައި ކާރު ރޭސް ބަލަން ގޮސްތިބި މީހުންނަށް ހިތްވަރު ދީފައެވެ. ޓްރަމްޕް ވިދާޅުވީ ތިމަން 'މިއީ ތިޔަބޭފުޅުން އެންމެ ގަޔާވާ ރައީސް' ކަމަށެވެ. އަދި އޭނާއަކީ ކާރު ރޭސް ޖެހުމުގެ ވަރަށް ބޮޑު ފޭނެއް ކަމަށެވެ.
ޓްރަމްޕްގެ ސުންޕާ ސިލްސިލާ:
ސުންޕާ: ވެރިކަމަށް މަސް ނުވަނީސް އެތައް ހާދިސާއެއް
ސުންޕާކަން: މަނަވަރެއް މުޑިއަރައިފި
ސުންޕާ: ބޯޓެއް ޖެހިގެން އެކަކު މަރު
އަދި އެންމެން ރޭސް ޖެހުމުގައި ރައްކާތެރިވެ ތިބުމަށްވެސް އިލްތިމާސް ކުރެއްވިއެވެ. ޓްރަމްޕް ހިތްވަރު ދިން ފަހުން ރޭސްޖެހުމުގެ ތެރޭގައި ކާރުތަކެއް މުޑިއަރައިގެން އެންމެ ކުރީގައި އުޅުނު ކްރިސްޓޮފަރ ބެލްގެ ކާރު ބަނޑުޖަހާލީއެވެ. މީޑިއާގައި ބުނެފައި ވަނީ މިއީ ޓްރަމްޕް ހިތްވަރު ދިނުން ދިމާވި ސުންޕާ ކަމެއް ކަމަށެވެ.