މިދިޔަ އަހަރު އިންޑިއާގެ މީސްމީޑިއާގައި ފޭކް ވީޑޯއެއް ވައިރަލް ވެގެން ދިޔައެވެ. މި ވީޑިއޯއަކީ، ކަރާޗީގައި އަހުލީ ހަނގުރާމައެއް ފެށިގެން އުޅޭކަމަށް ދައްކާ ވީޑިއޯއެކެވެ. މި ވީޑިއޯއާ ގުޅިގެން އުފެދުނު ސުއާލަކީ، އިންޑިއާގެ މީސްމީޑިއާގައި ދައްކަ މިފަދަ ޔޯލަ ވާހަކައެއްގެ ސައްހަ ކަމާ މެދަކު އެއް ނޫނެވެ! ނަމަވެސް މިފަދަ ހާލަތަކަށް ޕާކިސްތާންގެ ކަންތައްތައް ހިނގައިދާނެ ތޯއާއެދު ސުއާލު ކުރެވުނެވެ.

ޕާކިސްތާން އަހުލީ ހަނގުރާމައަކަށް ވެއްޓިދާނެ ސަބަބުތަކެއްވެސް އެބަހުއްޓެވެ. އެއީ ބިންތައް ކޮންޓްރޯލް ކުރާ ބައިގަނޑެއްގެ މައްޗަށް ހިމެނޭ އާބާދީއެކެވެ. މުޖުތަމައުގެ ދަށު ފަންތީގެ މީހުންނަށް ހަމަހަމަ ކަމަށް ހުރަސް އަޅާ މުޖުތަމައެކެވެ. ފިކުރީ އަދި ތައްލީމީ ފުރުސަތުތައް އެފަރާތްތަކަށް ހަނިކޮށްލާ މުޖުތަމައެކެވެ.

މީގެ އިތުރުން، ޕާކިސްތާނަކީ އިސްތިއުމާރީ ސަގާފަތް އެތަނަކުން ފޮހެވިގެން ގޮސްފައިވާ މުޖުތަމައެއް ނޫނެވެ. ސަރުކާރުން މުވައްޒަފުން، ޕާކިސްތާންގައި ތިބީ އިސްތިއުމާރީ ވެރިން އުޅުނު ގޮތަށް އެމީހުންގެ ޔުނިފޯމާއި، އެ ސަގާފަތް މަތީގައެވެ.

އެހެން ވީއިރު، ގައުމެއްގައި އަހުލީ ހަނގުރާމައެއް އުފެދެނީ ކިހިނެއް ހެއްޔެވެ؟

ވަރލްޑް ބެންކުގެ ރިޕޯޓެއްގައި ބުނާ ގޮތުން އަހުލީ ހަނގުރާމައެއް އުފެދެނީ އިސްތިއުމާރީ އާދަކާދަ ތަނެއްގައި މޫލައިގެން ގޮސް، އިގްތިސާދީ ގޮތުން މުޖުތަމައުގައި ހަމަހަމަކަން ގެއްލިގެން ދިއުމުންނެވެ. އަހުލީ ހަނގުރާމައެއް ހުޅުފަޅައިގެން ހިނގައްޖެނަމަ، ނިއްވާލަން އުދަގޫވާނެއެވެ.

ކޮރަޕްޝަން އާލާވެ، ވެރިކަމުގެ ނިޒާމު ދޯހަޅިވެ، ފަގީރުކަން އާންމުވުމުން ވެސް ހަމަނުޖެހުމަށް މަގު ފަހި ވެދެއެވެ.

ޑްރަގް ޑީލަރުންގެ ހާއްޔަކަށް ޕާކިސްތާން

ޕާކިސްތާން ވަނީ މިކަން 1971ގެ އަހުލީ ހަނގުރާމައިގައި ތަޖުރިބާ ކޮށްފައެވެ. ނަތީޖާއަކީ ބަންގްލަދޭޝް އުފަން ވުމެވެ. ބަންގްލަދޭޝް އުފަން ވުމުގައި އިންޑިއާއިން ޕާކިސްތާނާ ދެކޮޅަށް އަހުލީ ހަނގުރާމައިގައި ބައިވެރިވިއެވެ.

އެހެން ވީއިރު، މިހާރުގެ ސުއާލަކީ، ޕާކިސްތާންގައި އަހުލީ ހަނގުރާމައެއް ފެށިއްޖެނަމަ، އިންޑިއާ މިފަހަރުވެސް ވާގުވެރިވާނެ ހެއްޔެވެ؟ ތަޖުރިބާކާރުން ގައުމުތަކަށް އިންޒާރު ކުރަނީ ނިދާފައި ތިބެގެން އަހުލީ ހަނގުރާމައަކަށް ނުވަނުމަށެވެ.

ހާލަތަށް ބަލަމާ ހެއްޔެވެ! ޕާކިސްތާންގެ ސަލާމަތީ ބާރުގެ އެކިއެކި އިދާރާތަކުގެ ބަންދުގައި ތިބޭ މަދަނީން މަރުވުމަކީ އާދައިގެ ކަމެކެވެ. މަދަނީން ގެއްލޭ މިންވަރުގެ ހިސާބެއްވެސް ނުބެލެހެއްޓެއެވެ. ވަކި އެންމެ ސަރަހައްދަކުންނެއް ނޫނެވެ. ބަލޯޗިސްތާނާއި ޕަންޖާބާއި، ޚައިބަރު ޕަޚްތޫންޚުވާއާއި ސިންދު ޕްރޮވިންސުންވެސް މެއެވެ. ސަލާމަތީ ބާރުތަކުގެ ބެލެހެއްޓުމުގެ ދަށުގައި މީހުންނަށް އަނިޔާ ކުރުމާއި މީހުން ގެއްލުމާ ބެހޭ، އެމްނެސްޓީ އިންޓަރނޭޝަނަލް ގެ ޑޭޓާއިން މީހަކު ސިއްސުވާލާނެއެވެ. މިއީ އާންމުންގެ ހާލަތެވެ.

ގެއްލިފައިވާ މީހުންގެ މައްސަލާގައި ޖަވާބުދާރީ ނުވުމުން ސުޕްރީމް ކޯޓުން އަމުރެއް ނެރެފި

ޕާކިސްތާންގައި ބާރުގަދަ މީހާއާއި މުއްސަނދި މީހާއާއި ސަރުކާރު ބޮޑު މުވައްޒަފުންނާއި ޖެނެރަލުންނާއި މީޑިއާ ސާދާގަރުން އަދި ކޮރަޕްޓް ސިޔާސީ ފަންތީގެ މީހުން ދިރިއުޅެނީ ނިކަން އައްޔާޝީ ދިރިއުޅެއްގައެވެ.

ހައިކޯޓްގެ ބިން ހިފުމުން ސިފައިންނަށް އިންޒާރުކޮށްފި

ކުރީގެ ރައީސް ޖެނެރަލް ޕަރްވޭޒް މުޝައްރަފް ކޮބައި ހެއްޔެވެ؟ ނަވާޒް ޝަރީފް ކޮބައި ހެއްޔެވެ؟

މުޝައްރަފަކީ ލާލް މަސްޖިދަށް ހަމަލަ ދޭން އަމުރު ކުރެއްވި ރައީސެވެ. ބަލޯޗް ލީޑަރު ނަވާބް އަކުބަރު ބުގުތީ އަވަހާރަކޮށްލަން ސިފައިންނަށް ކޮމާންޑް ކުރެއްވި ވެރިޔާއެވެ.

އެމަނިކުފާނު މިހާރުވެސް ހުންނެވީ ގައުމުން ބޭރުގައި ލަގްޒަރީ ދިރިއުޅެއްގައެވެ.

ކައްޕި ޚާންގެ ވެރިކަމުގަައި ވެސް ބަލޯޗިސްތާންގައި މީހުން މެރުން އާންމު

އަކްބަރު ބުގުތީ އަވަހާރަ ކޮށްލުމަށްފަހު، ބަލޫޗިސްތާނަށް ހަމަޖެހުމެއް އައިސްފައެއް ނުވެއެވެ. އާންމުންނާއި ސަލާމަތީ ބާރުތަކުގެ ކުރިމަތިލުމާއި ނޭއްގާނީއަކީ ކޮންމެ ދުވަހެއްގެ އާދައެކެވެ.

ކޯޓްތަކުންވެސް އިންސާފު ލިބެނީ ބޮޑު މީހާއަށް ބޮޑު ކޮށެވެ. ބޭއިންސާފީއާ ދެކޮޅަށް އަޑު އުފުލުމަށްވެސް ނިކަމެތިން ޖެހިލުންވެއެވެ.

ބޮޑެތި ވަގުންގެ ޝަރީއަތް ކުރާކަށް ނުކެރޭ

މިނިވަންކަމުގެ 73 އަހަރަށް ފަހުވެސް ޕާކިސްގައި އަދިވެސް އޮތީ ހަމަ އަބުއި، އިސްތިއުމާރީ އާދަކާދައެވެ.

ޕާކިސްތާނަށް އަހުލީ ހަނގުރާމައަކަށް ނުވެއްޓި ސަލާމަތް ވާން އޮތީ ފިޔަވަޅުތަކެއް އަޅައިގެންނެވެ. ޑެއިލީ ޓައިމްސްގައި އިމާމް މަޒާރީ ހަޒްރީ ލިޔުނުގޮތުގައި، ޕަޚުތޫ ދަރިކޮޅުގެ މީހުންނާއި މުހާޖިރުންނާއި ބަލޯޗު ދަރިކޮޅުގެ މީހުންގެ އުދާސްތައް ބޮލާލައި ޖަހަނީނަމަ، ޕާކިސްތާން އެދަނީ، 1971ގައި ބައިބައި ވެގެން ދިޔަ ގޮތާ ދިމާއަށެވެ.

ނެޕޮޓިޒަމްއާއި ފެވަރިޓަމް ޕާކިސްތާން ސޮސައިޓީން ފޮހެލައި ހަމަހަމަ ފުރުސަތެއް ދޭން ޖެހެއެވެ.

ތިން އަހަރު ތެރޭ ހަތަރު ފައިނޭންސް މިނިސްޓަރުންނާއި ހަތަރު އިންފޮމޭޝަން މިނިސްޓަރުން

ބޮޑު ވަޒިރު އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކޭ ޕާޓީން ވެރިކަމަށް އައީ ރައްޔިތުންނަށް މިފަދަ ފުރުސަތަކަށް ވައުދުވެގެންނެވެ. މިހާތަނަށް ޚާންއަށް އެއްވެސް ވައުދެއް ފުއްދިފައިވާ ކަމަކަށް ނުދައްކައެވެ. ލައްކަ އިސްލާމީ ޝިއާރުތަކެއް އިމްރާން ޚާން ގޮވާލެއްވިއެވެ. ހަމަވެސް ހަގީގަތަކީ މިއަދުވެސް ޕާކިސްތާނީ ޑިމޮކްރެސީއެއްވެސް ނޫނެވެ. އަދި ހަމަހަމަކަން އޮތް އިސްލާމީ ދައުލަތެއްވެސް ނޫނެވެ. ނުރުހުމުގެ އަޑުތައް އިތުރުވެއްޖެނެމަ، ހަމަނުޖެހުމަކަށް ހުޅު ފަޅައިގެން ދާނެއެވެ.

އިމްރާން ޚާނާއި އިސްލާމީ ޖަމާއަތްތަކުގެ ސިޔާސީ ވެރިކަން

(އޭޝިއާ ޓައިމްސްގައި ޔުނިވަރސިޓީ އޮފް ލީޑްގެ ޑރ. އިރްފާން ރާޖާ ލިޔުއްވި މަޒްމޫނެއް)