ޝީ، ވިދާޅުވީ ކޮމިއުނިސްޓް ޕާޓީން މިހިންގާ ސިޔާސަތަކީ މުޅިންވެސް ރަނގަޅު ސިޔާސަތެއް ކަމަށާއި ގައުމީ ސިފަ ރައްޔތިތުންގެ ކިބައިގައި އަށަގެންނެވުމަށް ކުރަމުންދާ މަސައްކަތް ދިގު މުއްދަތަކަށް ކުރަމުން ގެންދަން ވާނެ ކަމަށެވެ.

ޝީގެ މިވާހަކަތަކަށް މާގިނަ ވަގުތެއް ނުވެ، ދުނިޔެއަށް ހާމަވެގެން ދިޔައީ ކޮމިއުނިސްޓް ޕާޓީގެ މި ކާމިޔާބީ ހެއްކާއި މަންޒަރުތަކުންނެވެ.

އޮސްޓްރޭލިއާގެ ދިރަސާ ކުރާ މަރުކަޒަކުން ދެއްކި ފޮޓޯތަކުން އެނގެނީ، މުސްލިމުންގެ ބައިމަދު އުއިގޫރު މީހުން ބަންދުކުރަން 380 ޖަލެއް 2017ން ފެށިގެން ޝިންޖިއާންގައި ތައްޔަރުކޮށްފައިވާ ކަމުގެ ހެއްކެވެ. އޮސްޓްރޭލިއަން ޕޮލިސީ އިންސްޓިއުޓުން ބުނިގޮތުގައި މިއިން އަދި ހުރިހައި ހަގީގަތެއް ފާޅުވީ ހެނެއް ހީއެއް ނުވެއެވެ. ނަމަވެސް މިއިން ބޮޑު މަންޒަރު ހާމަވާން އޮތް ކަމުގައެވެ.

ޗައިނާއަކީ އެމެރިކާއަށް ފަހު ބިލިއަނަރުން އެންމެ ގިނަ ގައުމެވެ. ޗައިނާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ އަހަރެއްގެ އާމްދަނީ 1500 އެމެރިކާ ޑޮލަރުވެސް ނުޖެހޭ މީހުންނެވެ. އެއީ ޗައިނާއިން އުފައްދާ އައިފޯނެއްގެ އަގުގެ މިންވަރުވެސް އަހަރެއްގެ ތެރޭ ފަގީރުންނަކަށް ނުލިބެއެވެ.

ކިޔާލަން: މުސްލިމުން ބަންދުކުރާ 380 ޖަލެއް

ބައިމަދު މީހުންގެ ގައުމީ ސިފަ ކަނޑުވާލުމަކީ ޗައިނާއިން ދިގު މުއްދަތަކަށް ރާވައިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. ޗައިނާގެ މިއަމަލުތައް ފުޅާދާއިރާއެއްގައި ނަސްލުތައް ނެތިކޮށްލުމުގެ އަމަލު ތަކެއް ކަމުގައި އަދި ސިފަކޮށެއް ނުހަދައެވެ. ނަމަވެސް މާދުރު ނޫން މުސްތަގްބަލެއްގައި މިގޮތަށް ސިފަވެގެންދާނެ ކަން ކަށަވަރެވެ.

ޗައިނާއިން ބައިމަދު މީހުން މައްސުނިކޮށްލައި ގައުމިއްޔަތު އޮޅުވާލުމަށް ޝިންޖިއާންގައި މަސައްކަތް ކުރަމުންދާ ފަދައިން ޓިބެޓާއި އިނަރ މޮންގޯލިއާއާއި ސާންޔާގެ މުސްލިމުންނާ ދެކޮޅަށްވެސް މަސައްކަތްތައް ހިންގަމުން ގެންދެއެވެ.

ޗައިނާގެ ރައީސް ޝީގެ ފަލްސަފާގައި މިއީ ސައިނައިޒޭޝަން ނުވަތަ ޗައިނާ ވަންތަކަން އަށަގެންނެވުމުގެ މަސައްކަތެކެވެ.

މިއީ އެތައް އަރިއަކަށް ހިނގަމުންދާ ކަމެކެވެ. ބައިމަދު މީހުންގެ ސަގާފީ ބަސް ނެތިކޮށްލުމާއި، އެމީހުންގެ ހެދުން އެޅުމާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި، އެމީހުންގެ ކަށުކަމާ ކެމީގެ ކަންއްތަކާއި، އެމީހުންގެ ދީންވެސް ފޮހެލުން މީގައި ހިމެނެއެވެ.

އދގެ އާންމު މަޖިލީހުގެ ޖަލްސާއާއި އިންސާނީ ހައްގަށް މަސައްކަތް ކުރާ އދގެ ކޮމިޝަންގެ އާންމު ޖަލްސާގައި ވެސް މިވާހަކަ މިގޮތަށް އެތައް ފރާތަކުން ދައްކައި ދުނިޔޭގެ ސަމާލުކަމަށް މިކަން ގެނެސްފައި ވެއެވެ.

ޝީގެ ދެ ދުވަހުގެ ބައްދަލުމުގައި ބައިމަދު މީހުންގެ ކަންތައްތަކާ މެދު މަޝްވަރާ ކުރެއްވިއިރު ފަގީރުކަން ނައްތާލުމަށް ވުރެން ބޮޑަށް އެމީހުންގެ ސަގާފީ ޝަޚުސިއްޔަތު ފޮހެލުމަށް ކޮމިއުނިސްޓް ޕާޓީން ކުރަމުންދާ މަސައްކަތުގެ ވާހަކަ ދެކެވުނެވެ.

ކިޔާލަން: ޗައިނާ މުސްލިމުން ނިޒާމުން ގެއްލުވާލާފައި

ކިޔާލަން: ހޭނާންގެ ބައިމަދު މުސްލިމުންނާ ދެކޮޅަށް ހިންގަމުން ގެންދާ ޕްރޮގްރާމް

ޗައިނާގެ ކޮމިއނިސްޓް ވެރިކަމަށް 70 އަހަރު ވެފައިވާ އިރު އަދިވެސް ފަގީރު ކަމަކީ ޗައިނާގެ ރަށްފުށުގެ ހިސާބުތަކުގައި އާންމު ކަމެކެވެ. ބޭރު މީހުންނަށް މިހިސާބުތަކަށް ނުދެވުމާއި މަޢްލޫމާތު ހާމަކުރުމަށް ޑިޖިޓަލް ފަރުދާއެއް ލެވިފައި ވާތީ މިފަދަ ކަންކަން ހާމަކަން ބޮޑު ގޮތަކަށް މައްލޫމާތުގެ ރަސްމަގާހަމައަކަށް ނުފޯރައެވެ.

ޝެއިންހާއި ނުވަތަ ބެއިޖިންގއަށް ބަލާއިރު ފެންނަނީ މުސްތަގްބަލުގެ ސިޓީތަކެއް ހެންނެވެ. ޗައިނާއަކީ އެމެރިކާއަށް ފަހު ބިލިއަނަރުން އެންމެ ގިނަ ގައުމެވެ. ޗައިނާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ އަހަރެއްގެ އާމްދަނީ 1500 އެމެރިކާ ޑޮލަރުވެސް ނުޖެހޭ މީހުންނެވެ. އެއީ ޗައިނާއިން އުފައްދާ އައިފޯނެއްގެ އަގުގެ މިންވަރުވެސް އަހަރެއްގެ ތެރޭ ފަގީރުންނަކަށް ނުލިބެއެވެ.

ޗައިނާއަށް މިދިޔަ 70 އަހަރުގެ ތެރޭގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށް ދެއްކިދާނެ ކަން ޔަގީނެވެ. ދުނިޔޭގެ އެންމެ ބޮޑު އުފެއްދުންތެރި ގައުމުގެ މަގާމު ޗައިނާއިން ހޯދާފައިވަނީ، ކުޑަ އުޖޫރައެއް ދީގެން، ގިނަ އިރު މަސައްކަތް ކުރުވައި ލޭބަރުގެ ހައްގުތައް ހޯދުމުގެ އިންތިޒާމެއް ހަމަޖެހިފައި ނެތް މާހައުލެއްގައި މީހުން ގެންގުޅެގެންނެވެ.

ޗައިނާއިން ކޮވިޑާދެކޮޅަށް އެޅި ފިޔަވަޅުތަކާއި ހޯދި ކާމިޔާބީވެސް ހަމައެފަދައެވެ.

އަނެއްކޮޅުން ހަފްތާއެއްގެ ތެރޭގައި ވޫހާންގައި މާސިންގާ ހަސްފަތާލެއް ކޮށްޅަށް ނަގާ ދައްކާލުމުންވެސް ދޭހަވެގެން ދަނީ ކުރު މުއްދަތެއްގައި ގިނަ އަދަދެއްގެ ޖަލުތަކެއް ބިނާ ކުރުމަކީ ޗައިނާއަށް މާ ބޮޑު ކަމެއް ނޫންކަމުގައެވެ.

މިހުރިހައި ކަމަކާއެކުވެސް ދުނިޔޭގެ ސަމާލުކަމަށް ޝީ އައިސްފައެއް ނުވެއެވެ. ސަބަބަކީ ޝީގެ މަސައްކަތް އޮތީ ޗައިނާގެ އެތެރޭގައެވެ. ނަމަވެސް އެތެރޭގެ ދެކޮޅުވެރިކަންވެސް ނެތެކޭ ނުބުނެވޭނެއެވެ. މަތީ ފެންވަރުގެ މީހުން ކޮރަޕްޝަންގެ މައްސަލާގައި ބެދޭ ކޮންމެ ފަހަރަކު އެތެރޭގެ ފާޑުކިޔުމަކާއި ދެބަސްވުމެއްގެ ސުއާލު ދުރުތިބީން ހިތަށް އަރައެވެ. އެހެން ނަމަވެސް ސިފައިންގެ އެންމެ މަތީ މަގާމުތައްވެސް ޝީ ގެންދަވަނީ ފުރިހަމައަށް ކޮންޓްރޯލް ކުރައްވަމުންނެވެ.

ގައްޒާފީގެ ވެސް ފެހި ފޮތެއް އޮތެވެ. ދުނިޔެއިން އެވާހަކަ ދައްކައި ހެއްޖެވެ. ގައްޒާފީ އެފޮތް ބައްސަވައި ހެއްދެވިއެވެ. ޗައިނާގައި ގެންގުޅެނީ "ޝީ ޖިންޕިންގ ގެ ފިކުރު" އެވެ. އެއީ 21 ވަނަ ގަރުނުގައި ކޮމިއުނިޒަމް ޗައިނާގެ ސިފަތަކަކާއެކު ކުރިއަށް ގެންދިއުމުގެ ފިކުރެވެ. އަދި ބައިމަދު މީހުންގެ ނަސްލީ ޝަކްސިއްޔަތު ނެތިކޮށްލައި އެމީހުން ޗައިނާ މީހުންގެ ގޮތަށް ބަދަލުކޮށްލުމެވެ. މިއީ ނަސްލު ނެތިކޮށްލުމުގެ ޕްރޮގރާމެކެވެ.