ވޫހާންގެ ލެބޯޓްރީގައި ކޮވިޑް19 ވައިރަސް އުފައްދާފައިވާ ކަމުގެ ހެކިތައް ލިބެން ހުރިކަމަށް ބުނެ އައު ދިރާސާ ރިޕޯޓެއް ގައި ތުހުމަތުކޮށްފިއެވެ. މި ވައިރަސް އުފެއްދިފަހުން ސައިންޓިސްޓުން ވަނީ މިއީ ގުދުރަތީ ނިޒާމުން އުފެދިގެން އައި އެއްޗެއްކަމަށް ދައްކަން މަސައްކަތް ކޮށްފައި ކަމަށް ވެސް ރިޕޯޓް ގައި ބުނެފައި ވެއެވެ.

ނިއުޔޯރކް ޕޯސްޓުން ރިޕޯޓް ކުރިގޮތުގައި އިނގިރޭސި ޕްރޮފެސަރ އަންގަސް ޑަލްގްލެއިޝްއާއި ނޯރވޭޖިއަން ސައިންޓިސްޓް ޑރ. ބަރގަރ ސޮރެންސަން ވިދާޅުވަނީ އެބޭފުޅުންގެ އަތްޕުޅުގައި މިކަމާ ގުޅޭ ހެކިތައް އެބަހުރި ކަމަށެވެ. އަދި މިކަންކަން ވަނީ އެކަޑެމިކް ދާއިރާގެ މަސައްކަތް ކުރާ ފަރާތްތަކުންނާއި މެޑިކަލް ޖަރނަލްތަކުންވެސް އަޅާ ނުލައި ދޫކޮށްލާފައި ކަމަށް މިބޭފުޅުން ތުހުމަތު ކުރައްވައެވެ.

މި ދެ ބޭފުޅުންގެ ދިރާސާ ދާދި އަވަހަށް ޝާއިއު ކުރާނެ ކަމަށް އިނގިރޭސި ޑެއިލީ މެއިލްއިން ވެސް ރިޕޯޓް ކޮށްފައި ވެއެވެ.

ކޮވިޑް19 ވައިރަސްއަކީ އަދިވެސް ކޮންޓްރޯލް ވުމެއް ނެތި ދުނިޔޭގައި ދުވާލެއްގެ މައްޗަށް 12 ހާހަށް ވުރެން މަދު ނޫން އަދަކަށް މީހުންގެ ފުރާނަ ނެތިދިއުމަށް މެދުވެރިވެފައިވާ ވަބާއެކެވެ.

ޕްރޮފެސަރ ޑަލްގްލެއިޝް އަކީ، ޔޫކޭގެ އޮންކޮލޮޖީ ޕްރޮފެސަރ އެކެވެ. އޭނާއަކީ، އެޗްއައިވީއަށް ވެކްސިން އެއް ތައްޔާރު ކުރުމުގެ މަސައްކަތުގައި ކާމިޔާބު ބޭފުޅެކެވެ.

ސޮރެންސަންއަކީ، ވައިރޮލޮޖިސްޓެކެވެ. އޭނާ އަކީ ކޮރޯނާ ވައިރަސް ގެ ވެކްސިން ކެންޑިޑޭޓް، ބައޯވެކް 19 އީޖާދު ކުރެއްވި ސައިންޓިސްޓެވެ. އަދި އޭނާއަކީ އިމިއުނޯރ ކުންފުނީގެ ޙިއްސާދާރެއްވެސް މެއެވެ.

ޕޯސްޓުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ސައިންޓިސްޓުންގެ ދިރާސާގައި ފާހަގަ ވެފައި ވަނީ، ކޮވިޑް19އަކީ ގުދުރަތީ ނިޒާމުން އުފެދުނު ވައިރަހެއް ނޫން ކަމަށެވެ. މި ވައިރަސް އުފައްދާފައިވާ ގޮތާ ބެހޭ ގޮތުން ޑެއިލީ މެއިލްއަށް މަޢްލޫމާތު ދެއްވުމަށްފަހު އެބޭފުޅުން ވިދާޅުވަނީ، ކުރިން ޗައިނާގައި މިކަމާ ބެހޭ ގޮތުން ޝާއިއުކޮށްފައިވާ ރިޕޯޓްތައް ދިރާސާ ކޮށްލާއިރު އެނގެނީ މިއީ އަމިއްލައަށް އުފައްދާފައިވާ ވައިރަސްއެއް ކަމަށެވެ. އަދި މިއިން ބައެއް ދިރާސާތަކަކީ އެމެރިކާ ޔުނިވަރސިޓީތަކާއެކު ކޮށްފައިވާ ދިރާސާތައް ކަމަށްވެސް އެބޭފުޅުން ވިދާޅުވެއެވެ. އެގޮތުން ލެބޯޓްރީގައި މި ވައިރަސް މެނިޕިއުލޭޓް ކޮށް އިތުރަށް ބޮޑަށް ގެއްލުން ދެނިވި އެއްޗެއްގެ ގޮތުގައި ތަރައްގީ ކޮށްފައި ވާކަން އެނގޭ ކަމަށެވެ.

ކޮވިޑް ފެތުރެން ފެށީ އޮކްޓޯބަރ ގައި

ވޫހާން ލެބުން އުފެދުނު އެއްޗެއް ކަމަށް ލަފާ ކުރެވޭ

ވޫހާން ލެބޯޓްރީން މީހުން މާކުރިން ބަލިވިން ކަށަވަރު ވެއްޖެ

އެމެރިކާއިން ވަނީ މިފަދަ ދިރާސާއެއް ހެދުމަށް، 2014 ވަނަ އަހަރު ފަންޑް ކޮށްފައެވެ. އެހެން ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ވޫހާންއަށް ދިޔަ ޑަބްލިއުއެޗްއޯ ޓީމްގައި އެމެރިކާގެ މިދިރާސާއަށް ފަންޑް ލިބިގެން ޗައިނާގެ ވޫހާން ލެބާ މަސައްކަތް ހަވާލު ކުރި ސައިންޓިސްޓްވެސް ހިމެނުނެވެ. އެމެރިކާއިން 6 ލައްކަ ޑޮލަރު މިކަމަށް ފަންޑް ކުރިކަމަށް ވެއެވެ.

އިނގިރޭސި ޕްރޮފެސަރ އަންގަސް ޑަލްގްލެއިޝް

ބައެއް ދިރާސާތަކުން ބުނެފައި ވަނީ މިއީ އެމެރިކާއިން ދީފައިވާ ފައިސާއިން ވޫހާން ލެބުން އުފައްދާފައިވާ ވައިރަސްއެއް ކަމަށެވެ. އަދި މި ވައިރަސްއަކީ އިންސާނީ ފުއްޕާ މޭގެ ސެލްނަގައިގެން އޭގައި މި ވައިރަސް ތަތްލަވާތޯ ބަލައި ޓެސްޓް ހަދާފައިވާ އެއްޗެއް ކަމަށެވެ.

ޗައިނާއަށް ފިއްތުމަށްޓަކައި އެމެރިކާއިން ވައިރަސްގެ އަސްލު އަލުން ބަލައި ތަހުގީގު ކުރުމަށް ދަނީ ގޮވާލަމުންނެވެ. އެމެރިކާގެ މަސްއޫލުބވެރިންގެ ބަސްމަގިުން ދޭހަވާ ގޮތުގައި އެފަރާތުންވެސް މިކަމުގައި ފޮރުވަން ބޭނުންވާ ބައެއް ވާހަކަތައް ހުރި ކަމަށެވެ. އެހެންކަމުޖން މިއީ ލެބަކުން އުފެދިގެން އައި އެއްޗެއް ނޫންކަމަށް އެއްފަހަރު ބުނާއިރު އަނެއް ފަހަރު އެއާ ދިކމާ ފުށުއަރާ ވާހަކަތައް އެބޭފުޅުން ވިދާޅުވެއެވެ.