ޓައިވާނަކީ ދައުލަތެއްކަމަށް ގަބޫލުކުރުމަށް ލިޓުއޭނިއާއިން ނިންމައިފިއެވެ. ޓައިވާން ދައުލަތެއްކަމަށް ގަބޫލުކުރާ ގައުމުތަކުގެ އަދަދު ފަނަރައަށް ވުރެން އިތުރުވާނެ ކަމަށް ބެލެވެއެވެ.

ލިޓުއޭނިއާއިން ޓައިވާން ދައުލަތެއްކަމަށް ބަލައިގަތުމުން، ވިލިނިއަސްގައި ޓައިވާންގެ ޑިޕްލޮމެޓިކް އޮފީހެއް ގާއިމް ކުރުމުގެ މަސައްކަތް ޓައިޕެއި އިން ވަނީ ފަށާފައެވެ.

ގުޅުންހުރި ޚަބަރު:

ޖަޕާނުން ޓައިވާނާ ގާތްވާނަމަ ނިއުކްލިއަރ ބޮން އަޅާނެކަމުގެ އިންޒާރު ޗައިނާއިން ދީފި

ޓައިވާން އޮންނާނީ ޗަައިނާއާ ދެކޮޅަށް

އެމެރިކާއިން ޓައިވާން ދިފާއު ކޮށްދޭނެ

މިއީ 18 އަހަރު ދުވަހުގެ ތެރޭގައި ޔޫރަޕްގައި ޓައިވާނަށް ލިބޭ ފުރަތަމަ ކާމިޔާބީއެވެ. ޗައިނާއިން ވަނީ ލިޓުއޭނިއާގެ ނިންމުމާ މެދު ހިތްހަމަ ނުޖެހިގެން ގްލޯބަލްޓައިމްސްގައި ލިޓުއޭނިއާއާ ދެކޮޅަށް ފާޑުކިޔާފައެވެ. ޔޫރަޕްގެ ގައުމުތަކުން ދަނީ ޗައިނާ ނުރުހުކަމުގައިވިއަސް، ޓައިވާން ބަލައި ގަންނަމުންނެވެ. ސްލޮވޭނިއާއިން ވަނީ ޓައިވާނަށް ވެކްސިން ހަދިޔާކޮށްފައެވެ. އަދި ޗެކް ރިޕަބްލިކުގެ މަސްއޫލުވެރިން ވަނީ ޓައިވާނަށް ދަތުރުތަކެއް ކުރައްވާފައެވެ. އިރުމަތީ ޔޫރަޕްގައި ޓައިވާނުން ދަނީ މަގްބޫލުކަން ހޯދަމުންނެވެ.

ޔޫރަޕްއާއި ޗައިނާގެ މަޝްވަރާއަށް އެކުލަވާލާފައިވާ 17+1 ޖަމާއަތުގައި ހިމެނުމަށްފަހު ލިޓުއޭނިއާ ވަނީ ދާދިފަހުން އެޖަމާއަތުން ބޭރުވެގެންފައެވެ.

ލިޓުއޭނިއާގެ ކުރިން ޔޫރަޕްގައި ޓައިވާނުން އޮފީހެއް ހުޅުވީ ސްލޮވާކް ވެރިރަށް ބްރެޓިސްލާވާގައި 2003ގައެވެ.